Archive for November, 2008

First Aid leaflet

November 20, 2008

This First Aid leaflet was developed by the Disaster Management department of IFRC-Maldives delegation, in co-operation with the Ministry of Health and the Faculty of Health Sciences. The leaflet gives a basic understanding of how to attend an emergency as a First Aider.

first aid cartoon

cartoon source: www.aidbox.co.uk

‘FIRST AID is the immediate
assistance or treatment given
to someone who is injured or
suddenly taken ill until medical
help becomes available

Understanding the basics of
first aid will help you to stay
calm and in control in an emergency’

ފުރަތަމަ އެހީގެ ފަރުވާ -ގަދަޔަށް ލޭއަންނަ ތަނަކަށް

November 13, 2008

ގަދަޔަށް ލޭއަންނަތަނަކަށް ދޭނެފަރުވާ

ސާފު ފޮތިކޮޅަކުން ލޭއަންނަ ތަނުގައި ބާރަށް ހިފަހައްޓާ -

ލޭއަންނަތަނަށް ހިތައްވުރެ މައްޗައް އުފުލާ -

ބާރަށް ބެންޑޭޖަކުން އައްސާ -

- ޝޮކަށް ފަރުވާދީ: ފައިކޮޅު އުފުލާފަ ބަލިމީހާ ބާއްވާ. ފިނިވާނަމަ ގައިގަ ފޮތިގަޑެއް އަޅާ

- އެންބިއުލާންސަށް ގުޅާ

ފުރަތަމަ އެހީގެ މި ކުރު އިޝާރާތް ތައްޔާރު ކޮއްފައިވަނީ މޯލްޑިވްސް ފަރސްޓް އެއިޑް ޕްރެކްޓިޝަނާރސް ނެޓްވޯރކުންނެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކެއް ގުޅިގެން މި ނެޓްވޯރކު އުފައްދައިފައިވަނީ މުޅި ދިވެހި ރާއްޖެއަށް ފުރަތަމަ އެހީގެ ތަމްރީނުދިނުމަށާއި އެމަރޖެންސީހާލަތެއްގައި ދެވޭނެ ފަރުވާތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމު ހިންގުމުގެ މަގްސަދުގައެވެ.

މިނެޓްވޯރކު އުފެދިފއިވަނީ ދިވެހި ރެޑް ކްރެސެންޓްގެ މައިގަޑު އެއްމަސައްކަތަކަށްވާނެ ‘ފުރަތަމަ އެހީގެ’ ޕްރޮގުރާމު ކުރިއައްގެންދިއުމަށެވެ. އިޖްތިމާއި ދުޅަހެޔޮކަމަށް މި ނެޓްވޯރކް މަސައްކަތްކުރަނީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް އާއި ފެކަލްޓީ އޮފް ހެލްތް ސައިންސް (ދިވެހި ރާއްޖެ)އާ ގުޅިގެން އެފަރާތުގެ އެހީއާއި އެކުގައެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ބިލު

November 11, 2008

ދިވެހި ރެޑް ކްރެސެންޓް ބިލުގެ ފުރަތަމަ ކިޔުން 5 ނޮވެމްބަރު 2008 ގައި ރައްޔިތުންގެ މަޖްލިހުން އިއްވަވައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓް އުފެއްދުމުގައި މަސައްކަތްކުރާ އިންޓަރިމް ޕްލޭނިންގް ގްރޫޕްގެ ފަރާތުން މިނިސްޓްރީ އޮފް ލީގަލް ރީފޯރމް، އިންފޮރމޭޝަން އެންޑް އާރޓްސް ް27 އޮކްޓޯބަރުގައި މިބިލު ރައްޔިތުންގެ މަޖްލިހަށް ހުށަހެޅިއެވެ.ު ދިވެހި ރާއްޖޭގެ މުޖުތަމައުއަށް އެހީފޯރުކޮށްދިނުމުގެ މަގްސަދުގައި ދިވެހި ރެޑް ކްރެސެންޓް އުފެއްދުމަށް ހިލޭސާބަހަށް އަވަދި ނެތިކޮށް ވަރަށްގިނަބަޔަކު ކުރި މަސައްކަތުގެ ނަތީޖާ މިފެންނަނީއެވެ.

ދިވެހި ރެޑް ކްރެސެންޓް އަކީ އިންސާނިއްޔަތަށް ހިލޭސާބަހަށް މަސައްކަތްކުރާނެ މިނިވަން މުއައްސަސާއަކަށް ވުމާއެކު، ދިވެހި ރާއްޖޭގެ ގާނޫނީ އަސާސުތަކާއި ހަމަހަމަ ވާގޮތަށް އެމިނިވަންކަން ޣާބިލްކުރުމަށް ދިވެހި ރެޑް ކްރެސެންޓްގެ ގާނޫނެއް ސަރުކާރުން ފާސްކުރަންޖެހެއެވެ. މިއީ މުޅި ދުނިޔޭގައި ޣާއިމްވެފއިވާ 180 އަށްވުރެގިނަ ގައުމީ ރެޑް ކްރޮސް ރެޑް ކްރެސެންޓްގެ ޖަމާއަތްތައް އެކުލެވޭ ދަ މޫވްމަންޓްގެ އާއިލާއާ ބައިވެރިވުމުގެ އެންމެ މުހިންމު ޝަރުތެވެ.

ސެޕްޓެމްބަރު 2005ގައި ދިވެހި ރާއްޖޭގެ ރެޑް ކްރެސެންޓް ޖަމާއަތެއް އުފެއްދުމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް ރެޑް ކްރެސެންޓުގެ ދިވެހި ރާއްޖޭގެ ޑެލިގޭޝަނާއި ގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރު އަދި ރާއްޖޭގެ އިޖްތިމާއު ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކެއް އެކުލެވިގެންވާ 70 މެންބަރުންގެ ވޯރކިންގް ގްރޫޕެއް މަސައްކަތް ފަށައި ގަތެވެ. ސެޕްޓެމްބަރު 2006ގައި 20 މެންބަރުން އެކުލެވޭ އިންޓަރިމް ޕްލޭނިންގް ގްރޫފެއް ވޯރކިންގް ގްރޫޕު މަސައްކަތްކޮށްފައި ހުރި ހިސާބުން ކުރިއަށް މިއަދާހަމައަށް މަސައްކަތްއެބަގެންދެއެވެ.

ދިވެހި ރެޑް ކްރެސެންޓްގެ ގާނޫނު ތަސްދީގު ކުރާތާ 45 ދުވަސްތެރޭގައި މި ޖަމާއަތުގެ ފުރަތަމަ އާންމުޖަލްސާ ބޭއްވޭނެއެވެ. އާންމު ޖަލްސާގައި ބައިވެރިވާނީ މުޅި ދިވެހި ރާއްޖެ ނިސްބަތްވާގޮތަށް އިންތިހާބުކުރެވިފައިވާ 80 މަންދޫބުންނެވެ. ވޯރކިންގް ގްރޫޕްގެ މަސައްކަތުތެރޭގައ ިއަތޮޅުތަކުން 62 މަންދޫބުންވަނީ ހޮވާފައެވެ. އަދި ނޮވެމްބަރު 2007 ގައ 18 މާލޭމެންބަރުންވަނީ އިންޓަރިމް ޕްލޭނިންގް ގްރޫޕުން އިންތިޙާބްކޮށް ހޮވާފައެވެ.

ދިވެހި ރެޑް ކްރެސެންޓް ބިލުގެ ދެވަނަ ކިޔުންވަނީ 17 ނޮވެމްބަރަށް ހަމަޖެހިފައެވެ.

ފުރަތަމަ އެހީގެ ފަރުވާ – ކަރުގައި އެއްޗެއްތާށިވުން

November 6, 2008

ކަރުގައި އެއްޗެއްތާށިވެއްޖެނަމަ

ކެއްސޭނަމަ ކެއްސަން އެހީތެރިވޭ

- ނުކެއްސޭނަމަ ބުރަކަށީގައި 5 ފަހަރުޖަހާ، ތާށިވި އެތި ނެއްޓުނުތޯބަލާ

- ނުނެއްޓޭނަމަ ބަޑަށް 5 ފަހަރު ފޮޓޯގައިވާ ގޮތަށް ފިތާ، ތާށިވި އެތި ނެއްޓުނުތޯބަލާ

މަތީގައިވާގޮތަށް 3 ފަހަރުހެދުމުންވެސް ނުނެއްޓުނުނަމަ

އެންބިއުލާންސަށްގުޅުމަށް ފަހު

އަނެއްކާވެސް އެކަންތައްތައް ކުރިއަށްގެންދޭ

ފުރަތަމަ އެހީގެ މި ކުރު އިޝާރާތް ތައްޔާރު ކޮއްފައިވަނީ މޯލްޑިވްސް ފަރސްޓް އެއިޑް ޕްރެކްޓިޝަނާރސް ނެޓްވޯރކުންނެވެ. ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކެއް ގުޅިގެން މި ނެޓްވޯރކު އުފައްދައިފައިވަނީ މުޅި ދިވެހި ރާއްޖެއަށް ފުރަތަމަ އެހީގެ ތަމްރީނުދިނުމަށާއި އެމަރޖެންސީހާލަތެއްގައި ދެވޭނެ ފަރުވާތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމު ހިންގުމުގެ މަގްސަދުގައެވެ.

މިނެޓްވޯރކު އުފެދިފއިވަނީ ދިވެހި ރެޑް ކްރެސެންޓްގެ މައިގަޑު އެއްމަސައްކަތަކަށްވާނެ ‘ފުރަތަމަ އެހީގެ’ ޕްރޮގުރާމު ކުރިއައްގެންދިއުމަށެވެ. އިޖްތިމާއި ދުޅަހެޔޮކަމަށް މި ނެޓްވޯރކް މަސައްކަތްކުރަނީ އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް އާއި ފެކަލްޓީ އޮފް ހެލްތް ސައިންސް (ދިވެހި ރާއްޖެ)އާ ގުޅިގެން އެފަރާތުގެ އެހީއާއި އެކުގައެވެ.

MRC Act will be born soon…

November 5, 2008

Miadhu News reports the first reading of the Maldivian Red Crescent bill will be held at the People’s Majlis session today.

On behalf of the MRC Interim Planning Group and Ministry of Health, the bill was submitted to the parliament by the Ministry of Legal Reform, Information and Arts on 27th October 2008. As mentioned by the Commissioner of Legal Reform Mr. Mohamed Adil in Haveeru Online, the bill will give the legal right to officially form the Maldivian Red Crescent (MRC) and carry out its humanitarian activities throughout the nation, partnering to the global Red Cross Red Crescent Movement.

The second reading of the MRC bill will be held at the People’s Majlis session on 17th of November.

Since the post-tsunami recovery operations began in 2005, numerous volunteers from the private and government sector assisted by IFRC have dedicated themselves and persevered for over three years to form a national Red Crescent society in the Maldives. Today marks their monumental commitment to serve for the betterment of humanitarian vulnerabilities in the Maldives and globally.